Close

އައްޑޫ ސިޓީގެ ސިއްހީ ދާއިރާ ފުނޑާލައިފި: މެންބަރު ނިހާދު

އައްޑޫ ސިޓީގެ ސިއްހީ ދާއިރާ ފުނޑާލައިފައިވާ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

މެންބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫގެ ސިއްހީ ދާއިރާ ފުނޑާލައިފައިވާ ކަމަށާއި ސަރުކާރާއި ރައްޔިތުންނާއި ދޭތެރެ ޖައްސަން ހިންގަމުންދާ ނޭތްގާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވާ ހައްލުކޮށް ދިނުމަށް ގޮވާލާ ކަމަށެވެ.

ނައިބް ރައީސް ފައިސަލް ނަސީމްވެސް ޓެގް ކުރައްވާ ނިހާދު ކުރެއްވި މި ޓުވީޓުގައި ވިދާޅުވެފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އިތުރުން އެހެނިހެން ހެލްތު ސެންޓަރުތަކުގެ ހިދުމަތްތައް ގޯހުން ގޯހަށް ވައްޓާލައިފައިވާ ކަމަށެވެ.

ނިހާދު ޓްވީޓް ކުރައްވާފައި މިވަނީ އައްޑޫ ސިޓީގައި ހުންނަ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން އަންނަ އުމުރުން ދުވަސްވީ މީހަކު ބަނދެގެން ފަރުވާދޭން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

1 ކޮމެންޓް

  1. ބަލަ ކޮއްކޮމެން ހޮވި ސަރުކާރެއް ނޫންތަ؟ ލިބުނު ބައިވަރު މަދުވެގެންތަ ތިޔަ ތެޅިއަރުވަނީ.އިބޫ ދެނެއް ނުދޭނެ.ކަނޑު ކޮސް. ވާނުވާ ނޭނގޭ ސޮރެއް.

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top