Close

“ރީޑިފައިނިން މައިސް” ކެމްޕޭން ލޯންޗުކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރި ބައްދަލުވުންތަކާއި، ކޮންފަރެންސް އަދި އެގްޒިބިޝަންތައް ބޭއްވުމަށް، ހުރި ފުރުސަތުތައް
ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީން "ރީޑިފައިނިން މައިސް" ގެ ނަމުގައި ބައިނަލްއަގުވާ ކެންޕޭން ލޯންޗްކޮށްފިއެވެ.

މި ކެމްޕޭން ލޯންޗުކޮށްފައިވަނީ އިންޑިއާ، މުމްބާއީގެ ގްރޭންޑް ހަޔާޓުގައި މިދިޔަ އަންގާރަ ދުވަހު ކުރިއަށް ދިޔަ މިލްޓް ކޮންގްރެސްގެ ތެރޭގައެވެ.

މި ކެމްޕޭނުގެ ދަށުން މައިސް ސެގްމެންޓުގައި ކުރިއަރަމުން އަންނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ. އެގޮތުން މައިސްގެ ބޭނުންތަކަށް ރާއްޖެ އަންނަ ފަތުރުވެރިންނަށް ހުރި ތަފާތު ހިދުމަތްތަކާއި، ތަޖުރިބާތައް މި ކެންޕެއިންގެ ތެރެއިން ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރުކުރާނެއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބޖ މުހައްމަދު ވިދާޅުވީ ރާއްޖެއަކީ ހިތްގައި މާހައުލެއްގައި ވިޔަފާރި އާއި ކުންފުނިތަކުގެ މަޝްވަރާތަކާއި ބައްދަލުވުންތައް ބޭއްވުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލް ކަމަށެވެ. އަދި މައިސް ސެގްމެންޓުގެ ފަތުރުވެރިންނަށް ބެނުންވާ ހިދުމަތްތައް ތަފާތު ތަޖުރިބާތަކާއެކު ރާއްޖެއިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ކެންޕެއިން ލޯންޗުކުރުމަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ މައިސް ސެގްމަންޓު ޕްރޮމޯޓުކުރުމަށް، ވިޒިޓް މޯލްޑިވްސްގެ ޕީއާރު އެޖެންސީތަކާއި، އިންޑަސްޓްރީ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.މި ކެންޕެއިން ކުރިއަށް ދާނީ ނޮވެންބަރު މަހުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top