ކަޒަކިސްތާނުން ރާއްޖެއަށް އަލުން ސީދާ ދަތުރުތައް ފަށައިފިއެވެ.
އެ ގައުމާ ރާއްޖެއާ ދެމެދު ދަތުރު ކުރާނީ އެއާ އަސްތާނާ އިންނެވެ. މި ދަތުރުތައް ފެށީ އިއްޔެއެވެ.
މިއީ ކޯވިޑް-19ގެ ހާލަތަށް ފަހު އެ ގައުމުން ބައިނަލްއަގުވާމީ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.އެ ގައުމުން ރާއްޖެއަށް ދަތުރުތައް ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށް ވުރެ އިތުރުވާނެއެވެ.
ރާއްޖެއަށް ފަތުރުވެރިންނަށް އާދެވޭނީ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކުގައެވެ. ކަޒަކިސްތާނުން ރާއްޖެ އަންނަ ފަތުރުވެރިން އެނބުރި ގައުމަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެއެވެ.
ރާއްޖެއަށް މިއަހަރު 1.2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މިހާރު ލަފާ ކުރެއެވެ.






