ގއ ކޮނޑޭގައި މިސްކިތެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ގއ ކޮނޑޭގައި މިސްކިތެއް އިމާރާތްކުރުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާ ކަމަށެވެ. މިސްކިތް އިމާރާތު ކުރުމަށް އެކުންފުންޏާއި އެކު މިއެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މިކަމަށްޓަކައި މިއަދު ބެއްވުނު ރަސްމިއްޔަތެއްގައެވެ.
މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭ ނިންމާ އިސްލާމިކް މިނިސްޓްރީއާއި ހަވާލުކުރުމަށެވެ.
މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް މިނިސްޓްރީން ބުނެއެވެ.
މި މިސްކިތް އިމާރާތް ކުރުމަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 7.6 މިލިއަން ރުފިޔާ ޚަރަދު ކުރުމަށްވަނީ ނިންމާފައެވެ.






