Close

މާލޭ ސިޓީގެ ބޭރުމަގުގެ އިތުރުން 16 މަގެއް ތަރައްޤީކުރުމަށް އާރުޑީސީއާއި ހަވާލުކޮށްފި

މާލެ ސިޓީގެ ބޭރުމަގުގެ އިތުރުން 16 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއު ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މި އެއްބަސްވުމުގައި ސިޓީ ކައުންސިލުން ސޮއިކުރެއްވީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މޫސާ އަލިމަނިކެވެ.

މި އެއްބަސްވުމަކީ މާލޭ ސިޓީގެ ކުރީގެ ކައުންސިލުން އާރް.ޑީ.ސީއާއެކު ޢަމަލީ މަސައްކަތް ފަށާފައިވާ "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ މަޝްރޫޢުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެކެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އަދި އެންމެ ބޮޑު ބަދަލެއްގެގޮތުގައި މަޝްރޫޢުގެ ތެރެއިން މާލޭގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރުޢޫގެ ތެރެއިން މާލޭގެ ބޭރުމަގާއި އިތުރު 16 މަގެއްގައި ތާރުއަޅަން ނިންމާފައިވާއިރު، މި މަޝްރޫޢުގެ ތެރެއިން ދެން އެންމެ ބޮޑު ބަދަލެއް ފެންނިގެންދާނީ މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަޙައްދުންކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top