ރާއްޖޭ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފަކާއި ގުޅިގެން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފަކާއި ގުޅިގެން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާއި ހަމައަށް ޙާއްސަކޮށް މެދުރާއްޖެތެރޭައާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Strong winds are expected over the Maldives area.
Join our official Viber Group for frequent weather updates https://t.co/jVN4MpAbFU pic.twitter.com/xmKAXpv5Yf— Maldives Meteorology (@MetMaldives) October 11, 2021
އެގޮތުން މި ލޯ ޕްރެޝަރ ޓްރަފްގެ ސީދާ އަސަރުތައް ރާއްޖެއަށް ނުކުރި ނަމަވެސް މެދުރާއްޖެތެރޭައާއި އުތުރުގެ އަތޮޅުތަކުން ކަނޑު ދަތުރު ފަތުރު ކުރުމުގައި ޚާއްޞަ ސަމާލުކަމެއްދޭ މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.






