Close

ދުނިޔޭގެ ކަސްޓަމަރ ސަރވިސް ދުވަހާއި ގުޅުވައިގެން އެމްޓީސީސީން “ހިނިތުންވުމާއެކު”ގެ ނަމުގައި ހާއްސަ ކެމްޕޭނެއް

ދުނިޔޭގެ ކަސްޓަމަރ ސަރވިސް ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “ހިނިތުންވުމާއެކު”ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މި ކެމްޕެއިންގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކުންފުނިން ހިދުމަތް ހޯދާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއެންސް މިހާރަށްވުރެ ރަނގަޅު ކުރުން ކަމަށެވެ.

މި ކެމްޕެއިގެ ސަބަބުން އެމްޓީސީސީގެ ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު ބޮޑުވެގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތު މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ އެކުންފުނީގެ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އޭނާ ވިދާޅުވީ އެމްޓީސީސީއަކީ މިޤައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ރައްޔިތުންނަށް ސީދާގޮތުން ހިދުމަތްދެމުންދާ ކުންފުންޏެއްކަމުން ކަސްޓަމަރުން ހިތްހަމަޖެހޭ ހިދުމަތް ދިނުމަށް ކުންފުނީގެ ކޮންމެ މުވައްޒަފަކުވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ.

”ހިނިތުންވުމާއެކު“ ކެމްޕެއިން ފެށުމުގެ ގޮތުން މި މަހުގެ 28އާ ހަމައަށް ބަހާލައިގެން ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top