ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވައިފި އެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓުމަށް އުފެއްދެވި މި ބޯޑް އެކުލަވާލައިފައުވަނީ މިއަދު އެވެ.
އެގޮތުން އެ ހޮސްޕިޓަލްގެ ބޯޑަށް އައްޔަނު ކުރެއްވި 5 ބޭފުޅުންނަކީ:
އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ.ގަން (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް)
ޑޮކްޓަރ މުޙައްމަދު އިސްމާޢީލް، ދަފްތަރު. ނަންބަރު ރސ 9558 (ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް)
މުޙައްމަދު ޙަމީދު، އަޅިވިލާގެ، ލ. ފޮނަދޫ ( ޢާންމުންގެ ތެރެއިން ޢައްޔަންކުރެވޭ މެންބަރެއް)
އިސްމާޢީލް ޢަލީ، ތުނޑި، ބިނާ، ލ. ގަން ( ސިޓީ ކައުންސިލްގެ މެންބަރެއް)
މުޙައްމަދު ޝިޔާމް، ތުނޑި، ފިތުރޯނުމާގެ، ލ. ގަން ( ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)
މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ އިބްރާހީމް ޝަރީފެވެ.






