Close

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިމައްސަލާގައި ހޯދަމުންދާ ފަރާތަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 52 އަހަރުގެ ޔޫނުސް ޕާސްޕޯޓް ނަންބަރު: BC0642839 އެވެ.

އެގޮތުން މި މީހާ އަކީ އުޅޭ ވަކި ތަނެއް އެނގިފައި ނުވުމުން ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، ޗިޓް ރައްދުކުރެވިފައި ނުވާ ފަރާތެއް ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ. އަދި އޭނާ އުޅޭ ތަނެއް އާއިލާ އަށް ވެސް އެނގިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އަންގާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ 14:00 އަށް ގދ. ފާރެސްމާތޮޑާ ޕޮލިސް ސްޓޭޝަންއަށް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top