މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތުން 1.98 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލަައިގެންފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 133.5 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 8.6 އިންސައްތައިގެ އިތުރުވުމެކެވެ.
މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑި އިތުރު ކުރި ނަމަވެސް މި އަހަރުގެ ޓޫރިޒަމް ބިމު ކުލި ސުންގަޑިއަށް ބަލައިގަނެފައިވާތީ ކަމަށެވެ.
އިންކަމް ޓެކްސްގެ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ މުއްދަތު ވެސް ހަމަވީ މިދިޔަ މަހު ކަމަށް އެ އިދާރާއިން ބުންޏެވެ.
މިދިޔަ މަހު މީރާއިންް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އިންކަމް ޓެކުހުންނެވެ. އެގޮތުން، އިންކަމް ޓެކްސްގެ ގޮތުގައި އެ 745 މިލިއަން ރުފިޔާ ލިބުނު އިރު ޖީއެސްޓީގެ ގޮތުގައި 553.11 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 410.14 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީރާއިން މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 63.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.






