Close

1-3 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެ، އިންޑިޔާ ފައިނަލަށް

ފޮޓޯ: އިމޭޖެސް އެމްވީ

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލު ކުރި މެޗުން 3-1 ގެ ނަތީޖާއަކުން ބަލިވެ، އިންޑިއާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިހާތަނަށް އިންޑިއާއިން ސާފް ޗެންޕިއަންޝިޕް ހަތް ފަހަރު ކާމިޔާބުކޮށްފައިވާއިރު ހަތަރު ފަހަރު ރަނަރަޕްކަން ހޯދާފައިވެއެވެ. 2003 ވަނަ އަހަރުން ފެށިގެން އިންޑިއާއިން އަބަދުވެސް ފައިނަލްގައި ކުޅޭކަން ފާހަގަކޮށްލެވެއެވެ. އިންޑިއާއެކު ފައިނަލްގައި ބައްދަލު ކުރާނީ ނޭޕާލުންނެވެ.

މިރޭގެ މެޗުން އިންޑިއާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މީގެ ކުރީގެ މެޗްތަކުން އިންޑައާށް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މި މެޗުގެ އިތުރުން، އިންޑިއާއިން މިހާތަނަށް ކުޅުނު މެޗުތަކުން މޮޅެއް ލިބިފައިވަނީ ނޭޕާލު ކައިރިން އެކަންޏެވެ. އެ މެޗުން އިންޑިއާ މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި އިންޑިއާއިން ދެން ކުޅުނު މެޗުތަކުންވަނީ އެއްވަރު ވެފައެވެ. ލަންކާއިން 0-0 ގެ ނަތީޖާއަކުން އިންޑިއާ ހިފެހެއްޓިއިރު، ބަންގާޅުންވަނީ 1-1 ގެ ނަތީޖާއަކުން އިންޑިއާ ހިފަހައްޓާފައެވެ.

މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު، މެޗު ޑޮމިނޭޓްކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ އިންޑިއާއިންނެވެ. އަދި ކުޅެފައިވަނީ ފޯވާޑް ގެމެވެ. ފުރަތަމަ ހާފްގައި އިންޑިއާއިން ގިނަ ފައުންތަކެއްކޮށްފައިވާއިރު، އިންޑިއާގެ ޓީމަށް ތިން ރީނދޫ ކާޑްވަނީ ދައްކާފައެވެ. އަދި ރާއްޖޭގެ ޓީމަށް އެއް ކާޑް ދައްކާފައެވެ.

އިންޑިއާ އިން ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފައްދާފައުވަނީ މެޗުގެ 26 ވަނަ މިނެޓްގައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ފޮނުވާލީ އިންޑިއާގެ ކެޕްޓަން ޗުނިލް ޗެތްރީއެވެ. ނަމަވެސް ބޯޅަ އަމާޒުވީ ހުރަސް ދަނޑީގައެވެ. މެޗުގެ 27 ވަނަ މިނެޓްގައި ދަގަނޑޭއަށްވެސް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވުނެވެ.

މެޗުގެ ފުރަތަމަ ގޯލާއެކު ލީޑް ނަގާފައިވަނީ އިންޑިއާއިންނެވެ. މެޗުގެ 33 ވަނަ މިނެޓްގައި މަންވީރް ސިންގްގެ ގޯލުން އިންޑިއާއިން ލީޑް ނެގިއިރު، އެ ލަނޑު ޖަހާފައިވަނީ ޕެނަލްޓީ އޭރިއާގެ ތެރޭގައި ވަރަށް ހުސްކޮށް ހުރެ ހުރެ ޖެހި ބޯޅައަކުންނެވެ. ރާއްޖެއިން މެޗު ހަމަހަމަ ކުރީ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން ދަގަނޑޭއެވެ. ރާއްޖެއަށް ޕެނަލްޓީ ލިބިފައިވަނީ ހަންޕްއަށް ކުރި ފައުލްއަކާއި ގުޅިގެންނެވެ.

އިންޑިއާއިން ލީޑް އަލުން ނަގާފައިވަނީ މެޗުގެ 62 ވަނަ މިނެޓްގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތްރީއެވެ. އިންޑިއާއިން ލީޑް ފުޅާކޮށް ތިންވަނަ ގޯލެއް ޖަހާދީފައިވަނީ ޗެތްރީއެވެ. އެއީ މެޗްގެ 71 ވަނަ މިނެޓްގައެވެ.

މެޗުގެ ދެވަނަ ހާފްގައި އިންޑިއާގެ ކޯޗު ސްޓިމަކް އިގޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ވަނީ ދައްކާފައެވެ. ފައިނަލްގައި ކޯޗަށް ބެންޗްގައި ނީދެވެނެއެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި ދެއްކި އިތުރު ވަގުތުގައި އިންޑިއާގެ ސުބަސިޝް ބޯސްއަށް ދެ ރީނދޫ ކާޑާއެކު ރަތް ކަޑެއްވަނީ ދައްކާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

1 ކޮމެންޓް

  1. ދަނޑަށްވަދެ އިން ސުންޕާ ކުރީގެ ރައީސްއަކު ނޫހަކަށް ދިން ހަބަރެއްގަ ބުނި މި މެޗުން ރާއްޖެ މޮޅުވާނެކަމަށް. ޢެހިސާބުން ޤައުމީ ޓީމް މަޜުވެއްޖެ.

ކޮމެންޓް

Your email address will not be published.

scroll to top