އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހިޓާޗީ ޓީވީއަށް ހާއްސަކޮށްގެން ފެށި ޕްރޮމޯޝަން އިތުރު އެއް މަސް ދުވަހަށް އިތުރުކޮށްފިއެވެ.
"ބައްތިރީސް" ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ފެށީ ސެޕްޓެމްބަރު 15ގައެވެ. އެއްމަސް ދުވަހަށް ހާއްސަކުރި މި ޕްރޮމޯޝަން އަންނަ މަހުގެ 15ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ޕްރޮމޯޝަނުގެ މުއްދަތު އިތުރު ކުރީ ގިނަ ބައެއްގެ ތަރުހީބު ލިބޭތީ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ޕްރޮމޯޝަނުގެ ދަށުން 32 އިންޗި ހިޓާޗީ ޓީވީ އެންމެ 2،999 ރުފިޔާއަށް ލިބޭނެއެވެ.
ހިޓާޗީ ޓީވީ އަކީ އަޑު ސާފުވެފައި ކުލަތައް އެހާމެ ޗާލު ޓީވީއެކެވެ. މީގެ އިތުރުން ނެޓްފްލިކްސްއާއި ޔޫޓިއުބްފަދަ ޒަމާނީ އެޕްލިކޭޝަންތައް ވެސް މި ޓީވީން ބޭނުންކުރެވޭނެއެވެ.






