ހަ ލައްކަ ރުފިޔާގެ ބިލެއް ފޮނުވާފައިނުވާނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި އެ ކުންފުނިން ފޮނިވި ކަމަށް ބުނާ 6 ލައްކަ ރުފިޔާގެ ފެން ބިލަކީ އެ ކުންފުނިން ފޮނުވާފައިވާ ބިލެއް ނޫނެވެ. އަދި ހިޔާ ފްލެޓުތަކުގެ ތެރެއިން އާދަޔާ ހިލާފަށް ފެންބިލު ބޮޑުވެފައި ވާކަމަށް ފާހަގަ ވެފައިވާނަމަ ބިލުކޮށްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ފްލެޓެއްގެ ބިލު އާދަޔާ ހިލާފަށް ބޮޑު ނަމަ ފްލެޓުގެ ވެރިފަރާތައް އެކަން އަންގާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފެން ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އެކަމަށް ސަމާލުވުމަށް އެމްޑަބްލިއުއެސްސީން މީގެ ކުރިންވެސް ވަނީ އެދިފައެވެ. އަދި އެފަދަ މައްސަލައެއް ފާހަގަ ވާނަމަ އެކަން އެންގުމަށް ވެސް ވަނީ އެދިފައެވެ.
ފެންބިލުތަކުގައި އެއްވެސް މައްސަލައެއް އަންގަން ޖެހޭނީ 105 އަށް ގުޅުމަށް ގުޅައިގެންނެވެ.






