މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ގދ. ފިޔޯރީ ތައްޔާރުވެއްޖެއެވެ.
އެރަށުގެ ކައުންސިލުން ބުނެފައިވަނީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަ ކުރާ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަސް މިފަހަރު ފިޔޯރީގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާއިރު "ޔޫތް ޑޭ 2021" ނަމުގައި މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ކައުންސިލުންނާއި ގުޅިގެން އެރަށުގެ އިޖުތިމާޢީ މަރުކަޒުުން ވެސް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާއި ހަމައަށް އެރަށުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގެތެރޭގައި ރިލޭ ރޭސް، ފެތުން، ކެނޯ ދުއްވުން، ގޯނި ރޭސް، ވާދެމުން، ބިސް ރޭސް ގެ އިތުރުން މަސް ރޭސް ހިމެނޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މީގެއިތުރުން މިހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކައުންސިލް އިދާރާއިން ފޯމް ލިބެން ހުންނާނެ ކަމަށާއި އެފަރާތްތަކުން މި އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން "ޔޫތު ޑޭ 2021 ގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރުއްވުމަަށްފަހު ކައުންސިލް އިދާރާއާށް ހުށައެޅުމަށް ކައުންސިލުން ވަނީ އެދިވަޑައިގަންނަވާފައެވެ.






