ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރު ކުރަން ރަޝިއާއިން ނިންމައިފި އެވެ.
މި ނިންމުމާއެކު އެ ގައުމުގެ ހަތަރު މަންޒިލަކުން ރާއްޖެއަށް ހަފުތާއަކު ހަތަރު ދަތުރު ބާއްވާނެއެވެ. މިއީ އެ ގައުމުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކެކެވެ.
ރާއްޖޭގެ އިތުރުން އިތުރު 12 ގައުމަކަށް ވެސް ރަޝިއާއިން ވަނީ ދަތުރުތައް އިތުރުކޮށްފައެވެ.
ރަޝިއާއިން ރާއްޖެއަށް ފަތުރުވެރިން ގެންނަނީ އެރޯލެޓް އިންނެވެ. މިއީ އެ ގައުމުގެ އެންމެ ބޮޑު އެއާލައިނެެވެ.
ރަޝިއާއަކީ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ގައުމެވެ. މިއަހަރުގެ މިހާތަނަށް އެ ގައުމުން 177،321 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.






