Close

ގއ. އަތޮޅުގެ ރިސޯޓެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ގއ. އަތޮޅުގެ ރިސޯޓެއް ކަމުގައިވާ ރަފެލްސް މޯލްޑިވްސްގެ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

ރަފެލްސް އިން މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއް ކަމަށާއި އޭނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ މިއަދުގެ މެންދުރު ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.

ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ މިއަދު ހަވީރު ރަފެލްސް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއް ނިޔާވެގެން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައިއިރު ވެސް ހަރަކާތްް ނެތްކަމަށެވެ.

އެހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި އެއީ އާދައިގެ މަރެއްކަމަށް މިހާތަނަށް ބެލި ބެލުމުން ލަފާކުރެވެއެވެ.

މިރޭގެ ވަޤުތެއްގައި އެ މީހާގެ ހަށިގަނޑު ޤައުމަށް ގެންދިއުމަށް ރަފެލްސް ރިސޯޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top