ގދ. ނަޑެއްލާ ސިއްޙީމަރުކަޒުގައި ލެބޯޓަރީގެ ޙިދުމަތްދޭން ފަށައިފި އެވެ.
އެރަށު ސިއްޙީމަރުކަޒުން ބުނެފައިވަނީ މިއަދުން ފެށިގެން ލެބޯޓްރީގެ ޙިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަރުކަޒްގެ ލެބޯޓަރީން ހެދެން ނެތް ޓެސްޓްތައް އެ މަރުކަޒްގެ ޑރ ގެ ލަފާގެމަތިން، ހެދުމަށް ބޭނުންވާ ޓެސްޓްތަކަށް ސާމްޕަލް ނަގައި، ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް
ހޮސްޕިޓަލް އަށް ފޮނުވައިގެން ޓެސްޓް ހެދުން ކުރިޔަށް ގެންދެވޭނެ ކަމަށެވެ.
އެގޮތުން އެ މަރުކަޒުން ހެދެން ނެތް ޓެސްޓުތަކަށް ނެގޭ ސާމްޕަލްތައް ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު ކަމަށް އެ މަރުކަޒުން ބުނެފައިވެ އެވެ.
ނަޑެއްލާ ސިއްޙީމަރުކަޒުން ލެބޯޓްރީން ހެދެންހުރި ޓެސްޓްތަކުގެ ތެރޭގައި:
- ޕްރެގްނެންސީ ޓެސްޓް
- ހަކުރު ޓެސްޓް
- ލިވަރ ފަންކްޝަން ޓެސްޓް
- ކިޑްނީ ފަންކްޝަން ޓެސްޓް
- ލިޕިޑް ޕްރޮފައިލް
މީގެ އިތުރުން ކުއްލި ހާލަތުގައި ހަދަންޖެހޭ ޓެސްޓްތަށްވެސް ޑރ ގެ ލަފާގެ މަތިން ކުރިޔަށް ގެންދެވޭނެ ކަަމަށް ނަޑެއްލާ ސިއްޙީމަރުކަޒުން ބުނެފައިވެ އެވެ.






