އައްޑޫ ހިތަދޫގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ 12:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ އަލްތާފްއެވެ. އަދި މި އެކްސިޑެންޓް ހިނގާފައިވަނީ އެޒުވާނާ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުކުރެވި ގޮސް ފާރެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލބިފައިވެއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އެޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވެއެވެ.






