ގދ. ފިޔޯރީގެ ފެނަކައިގެ ބްރާންޗުން ވަޒީފާތަކެއް އިއުލާން ކޮށްފިއެވެ.
އެ ބްރާންޗުން އިއުލާން ކޮށްފައިވަނީ ޓެކްނީޝަނުންނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުމަށެވެ. މި ދެ މަގާމުގެ ބޭސިކް މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 3000ރ. އެވެ.
މުސާރައިގެ އިތުރުން އިތުރު އިނާޔަތްތަކާއި ސާވިސް އެލަވެންސާއި އިތުރުގަޑީގެ ފައިސާ އާއި ހާޒިރީ އެލަވެންޒް ވެސް ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މާލޭގައި ހުންނަ ފެނަކަ ހެޑް އޮފީހުންނާއި ފިޔޯރީ ފެނަކަ ބްރާންޗުން ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 ން މެންދުރު 15:00 އަށް ލިބެންހުންނާނެއެވެ.
މި މަގާމުތަކަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 24 އޮކްޓޯބަރު ވާ އާދީއްތަ ދުވަހުގެ 15:00އެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާން ވަނީ ނިންމާފައެވެ






