Close

ޗެމްޕިއަންސް ލީގާއި ލަލީގާއަށް ސެވިއްޔާ ވާދަކުރާނެ: ރަކިޓިޗް

ޔުއެފާ ޗެމްޕިއަންސް ލީގައި ސްޕެނިޝް ލަލީގާއަށް ސެވިއްޔާ ވާދަކުރަން ބޭނުންވާ ކަމަށް އެޓީމަށް ދާދިފަހުން ބަދަލުވި ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފިއެވެ.

ކާމިޔާބު ހަ އަހަރު ބާސެލޯނާގައި ހޭދަކުރުމަށްފަހު ރަކިޓިޗް ވަނީ އަލުން އެނބުރި ސެވިއްޔާއަށް ބަދަލުވެފައެވެ. މީގެކުރިން އެޓީމުގެ ކެޕްޓަންކަން ވެސް ކުރި ރަކިޓިޗް ބުނީ ރެކޯޑް ހަވަނަ ފަހަރަށް ޔުރޮޕާ ލީގު ކާމިޔާބު ކުރެވިއްޖެ ކަމަށާއި ދެން ބޭނުންވަނީ ޗެމްޕިއަންސް ލީގާއި ލަލީގާއަށް ވާދަކުރަން ކަމަށް އޭނާ ބުންޏެވެ.

މީގެ ނުވަ އަހަރުކުރިން ސެވިއްޔާއަށް އައިއިރު އޮތް ޓީމާއި މިހާރު އޮތް ޓީމާއި ވަރަށް ތަފާތު ކަމަށާއި ޓީމުގެ ކޯޗުންނާއި ކުޅުންތެރިންނާއެކު ވަރަށް ކުރިޔަށް ދެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ފަރާތުން އަބަދުވެސް 100 ޕަސެންޓް ލިބޭނެ ކަމަށާއި އަލުން އަނބުރާ ސެވިއްޔާއަށް އާދެވެމުން ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ.

ރަކިޓިޗްއަކީ ސެވިއްޔާގެ ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލު ކުޅުންތެރިޔެކެވެ. އޭނާ އަލުން އަނބުރާ އެޓީމަށް އައިސްފައިވަނީ 1.5 މިލިއަން ޔޫރޯގެ ފީއަކަށެވެ. އަދި 9 މިލިއަން ޔޫރޯ އެކިއެކި ވެރިއަބަލްސްގެ ގޮތުގައި ވަނީ ހިމަނާފައެވެ.

މީގެކުރިން ރަކިޓިޗް ވަނީ ތިން އަހަރަށްވުރެ ގިނަ ދުވަހު ސެވިއްޔާއަށް ކުޅެފައެވެ. ބާސާއަށް ބަދަލުވެ އޭނާ ވަނީ އެ ކްލަބާއެކު 13 މުބާރާތެއް ކާމިޔާބުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top