Close

3 މަހުގެ ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫން: އޭއެސްއެމްއެޗް

މިއަދު ހެނދުނުގެ ވަގުތެއްގައި ތިނަދޫގައި ނިޔާވި 3 މަހުގެ ކުއްޖާ ނިޔާވީ ކޮވިޑް ބަލީގައި ނޫން ކަމަށް ތިނަދޫ ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން (އޭއެސްއެމްއެޗް) ބުނެފިއެވެ.

އެހޮސްޕިޓަލުން މައުލޫމާތު ދެމުން ބުނެފައިވަނީ އެކުއްޖާ ކޮވިޑްއަށް ޕޮސިޓިވްވެ ރަނގަޅުވި ފަހުން މިއަދަށް 16 ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން އެކުއްޖާ ނިޔާވީ ކޮވިޑް ބަލީގައި ނޫންކަމަށް އެ ހޮސްޕިޓަލުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ކުއްޖާގެ އާއިލާއިން ބުނެފައިވަނީ ރޭގެ ވަގުތެއްގައި އެކުއްޖާ ހާލު ދެރަވެގެން ކޮވިޑް ފެސިލިޓީއަށް ގެންގޮސް ފަރުވާ ނުދެވި ގިނަ އިރުތަކެއް ވެފައި ވުމުން އެކަމުގައި އެހޮސްޕިޓަލުން އިހުމާލުވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top