ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވެށި ފާރަވެރިން ހޯދަން އިއުލާން ކޮށަފިއެވެ.
އެ ކުންފުނިން ހޯދަނީ 30 ވެށި ފާރަވެރިންނެވެ. މި ވަޒީފާގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 9000ރ. އެވެ.
ވެށި ފާރަވެރިންނަކީ ވެމްކޯއިން ހިދުމަތްދޭ ރަށްތަކުގައި ކުނި ނެގުމުގެ މަސައްކަތް ކުރާ މުވައްޒަފުންނެވެ.
މި ވަޒީފާއަށް އެދި މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. ފޯމު ބަލައިގަންނަނީ ވެމްކޯ ހެޑް އޮފީހުންނެވެ.
ވަޒީފާއަށް ކުރިމަތިލާ މީހުން ހުށަހަޅަން ޖެހޭނީ ވަޒީފާއަށް އެދޭ ކަމުގެ ފޯމާއި އައިޑީ ކާޑުގެ ކޮޕީއަކާއި ތިން މަސް ހަމަ ނުވާ ޕޮލިސް ރިޕޯޓެވެ.






