Close

އެސްޓީއޯގެ އެހީއާއެކު ކޮނޑޭ ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދެނީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެހީއާއެކު ގއ. ކޮނޑޭ ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ކޮނޑޭ ސްކޫލިގެ އިސްނެގުމާއެކު ކުރިއަށްގެންދާ މި ޕްރޮގްރަަމަކީ ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ދަރިވަރަކަށް ހެދުމަށް ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގާނީ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާ ކާރެއް ކަމުގައިވާ ނައުފަލް މޫސާއެވެ.

އިއްޔެ އިން ފެށިގެން 12 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިޕްރޮގްރާމް ނިމޭއިރު ކޮނޑޭ ސްކޫލްގެ ކޮންމެ ދަރިވަރަކަށް ފެތުމުގެ ހުނަރު ދަސްކޮށް ދެވިގެން ދާނެ ކަމުގައި ކައުންސިލުން ބުނެއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ ސްކޫލް ބަންދާ ދިމާކޮށެވެ. އެސްޓީއޯގެ އިތުރުން އެ ރަށު ކައުންސިލުގެ އެހީތެެރިކަންވެސް އެ ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top