Close

ތޮއްޑޫ އެގްރިސެންޓަރަށް ރައީސް ޒިޔާރަތް ކުރައްވައިފި

އއ. ތޮއްޑޫގައި އަލަށް ހުޅުވި އެގްރިސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފިއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި ސެންޓަރަށް ރައީސް ޒިޔާރަތް ކުރެއްވީ އއ. އަދި އދ. ކުރައްވަމުން އަންނަ ޒިޔާރަތްޕުޅުގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގަ ލއެވެ.

ރައީސް އެ ސެންޓަރަށް ޒިޔާރަތް ކުރައްވައި މަސައްކަތްތައް ބައްލަވާލެއްވީތީ އެސްޓީއޯއިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

މިއީ އެސްޓީއޯއިން މާލޭގެ އިތުރުން އެގްރިސެންޓަރުގެ ބްރާންޗެއް ހުޅުވި ފުރަތަމަ ރަށެވެ.

އެސްޓީއޯ އެގްރިސެންޓަރަކީ ދަނޑުވެރިން ހައްދާ ތަކެތި ގަނެ ވިއްކުމަށް ހުޅުވި ތަނެކެވެ. މި ސެންޓަރުން ގަންނާނީ ރަޖިސްޓްރީ ކޮށްފައިވާ ދަނޑުވެރިން އުފައްދާ ތަކެއްޗެވެ. އެންމެ ގިނައިން އެގްރިސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ ތޮއްޑޫގެ ދަނޑުވެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top