ކުނި ނައްތާލުމުގައި ގދ. ފަރެސްމާތޮޑާގެ ރައްޔިތުން އަމަލު ކުރަމުންދާ ގޮތާއިމެދު އެރަށު ކައުންސިލުން ކަންބޮޑުވުން ފާހަގަ ކޮށްފިއެވެ.
އެރަށުގެ ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ފަހަކަށް އައިސް އެރަށުގެ އެކި ދިމާލުގެ އަތިރިމައްޗަށްށާއި ވަލަށްށާއި މޫދަށް ކުނި އަޅާ، ބައެއް ފަރާތްތަކުން އެކުނި އަންދަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި މީގެ ކުރިންވެސް އެއީ މަނާ ކަމެއްކަން ރައްޔިތުންނަށް އަންގާފައިވާނެ ކަމަށާއި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ކައުންސިލުންވަނީ ކުނި ނައްތާލުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަށް ކުނި އުކާލުމުގެ އުސޫލާއި އެއްގޮތަށް އެކަން ކުރުމަށް ރައްޔިތުންނަށް އަންގާފައެވެ.






