އައްޑޫ ސިޓީ ހިތަދޫގައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ގަހެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިއަދު މެންދުރު މި އެކްސިޑެންޓް ހިނގާފައިވަނީ ފޭދޫން ހިތަދޫ ކޮޅަށް ދުއްވާފައި ދުއްވާފައި ދިޔަ ކާރެއް ފިތުރޯނު ގަހެއްގައި ޖެހިގެންކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި އެމީހާ ހިތަދޫ އަށް އައިސްފައިވަނީ އޭނާގެ ދަރިފުޅު ހޮސްޕިޓަލުގެ އައިސީޔޫގައި އޮތުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މީގެ އިތުރުން މި އެކްސިޑެންޓް ހިނގިއިރު ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށާއި އެމީހާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައި ނުވާއިރު އޭނާ އަށް މިހާރު އަންނަނީ އައްޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މިފަދަ އެކްސިޑެންޓެއްއެއް ހިނގާފައިވާއިރު މިދިޔަ އާދީއްތަ ދުވަހުގެރޭ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަނީ 24 އަހަރުގެ ޒުވާނަކު މަރުވެފައެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެންނެވެ.






