Close

އީއައިއޭ އާ ހިލާފުވުމުން ފާރުފުށި ރިސޯޓު ޖޫރިމަނާ ކޮށްފި

އީއައިއޭ އާ ހިލާފުވުމުން ރ. ފާރުފުށީގައި ރިސޯޓު ތަރައްގީ ކުރި ފާރުފުށި އިންވެސްޓްމަންޓް ޖޫރިމަނާ ކޮށްފިއެވެ.

އެ ކުންފުނި ޖޫރިމަނާ ކުރީ 275،000ރ. އިންނެނެވެ. މި ޖޫރިމަނާ 30 ދުވަހުގެ ތެރޭގަައި ދައްކަން ޖެހޭނެއެވެ.

އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނީ  ރިސޯޓު ތަރައްގީކުރަން ހުށަހެޅި އީއައިއޭ ރިޕޯޓާ ހިލާފަށް އެ ކުންފުނިން މަސައްކަތްކޮށްފައި ވާތީ ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ކަމަށެވެ.

ފާރުފުށި ރިސޯޓުގައި 80 ކޮޓަރިތަރައްގީ ކޮށްފައިވާއިރު އެ ރިސޯޓު ހުޅުވީ މާޗު 2019 ގަ އެވެ. އެ ރިސޯޓުގެ ލީޒް އެގްރިމެންޓް ބަދަލުކޮށް އެހެން ބަޔަކަށް ވިއްކާލަން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއުލާންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top