ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން، އިންޓާންޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތުގެ ދަށުން އޯލެވެލްގެ ހަތަރު މާއްދާއިން ފާސްވެފައިވާ ކޮންމެ މީހަކަށްވެސް އެ ކުންފުނީގައި ތަޖުރިބާ ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
އެސްޓީއޯގައި އިންޓާނުންގެ ގޮތުގައި ހޮވޭ މީހުންނަށް މަހަކު 7،000ރ. އާއި 8،000ރ. އާ ދެމެދުގެ އެލަވަންސެއް ލިބޭނެއެވެ.
ޝަރުތު ހަމަވާ ފަރާތްތަކުން، sto.mv/career މެދުވެރިކޮށް އިންޓާަންޝިޕަށް އެދި ފޯމު ހުށަހެޅޭނެއެވެ. އެގޮތުން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:30ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ.






