ކ. ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
އެމްޓީސީސީން ބުނެފައިވަނީ ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިދިޔަ މަހުގެ 11 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 1.7 ހެކްޓަރުގެ ބިންހިއްކުމާއި، 278 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތްތައް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
We have completed K. Guraidhoo Picnic Island Reclamation and Shore Protection Project on 11th September 2021. The value of the project is MVR 13.4 million. #MTCCProjects #RayyithungeKunfuni pic.twitter.com/CjJ7GxSSYf
— MTCC Plc (@MTCCPlc) October 21, 2021
މި މަޝްރޫޢަކީ 13.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.






