Close

ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓުގެ އާ އިމާރާތް ހުޅުވައިފި

ފޮޓޯ: ނިޝާން އަލީ

ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ އާ އިމާރާތް ހުޅުވައިފިއެވެ.

ހުޅުމާލޭ ޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އާ އިމާރާތް ހުޅުއްވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ. މި އިމާރާތުގެ ގޭޓުތައް ހުޅުއްވައިދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ހުޅުމާލޭގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ޕްރޮޖެކްޓުތަކުގެ ސަބަބުން ޕޯޓުގެ ޑިމާންޑު ދަނީ އިތުރުވަމުން ކަމަށެވެ. އެހެންވެ، ޕޯޓުން ހިދުމަތް ހޯދާ މީހުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންޓެއިނާ ހޭންޑްލިން އިކުއިޕްމަންޓު ހޯދަން މިހާރުން މިހާރަށް ވެސް މަސައްކަތް ކުރަން ޖެހޭ. އަޅުގަނޑުމެންގެ މުވައްޒަފުންނަށް ރަނގަޅު މާހައުލެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ. އަދި އޭގެ އިތުރަށް ކަސްޓަމްސް އާއި އެހެނިހެން އިދާރާތަކުގެ ރިކުއަމެންޓުތައް އެބަހުރި،" ޝާހިދު ވިދާޅުވ އެވެ.

މި ރަސްމިއްޔާތުގައި ޕޯޓުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ޕޯޓާ ކައިރިން އެމްޕީއެލަށް އޮފީސް އިމާރާތެއް އަޅަން ބިމެއް ދޫކުރާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top