ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އައްޑޫގައި ހިންގި އެޑްވާންސް ލައިފް ސަޕޯޓާއި ކްރިޓިކަލް ކެއާ ޓްރެއިނިން ޕްރޮގްރާމެއް ނިންމާލައިފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާ ގުޅިގެން ހިންގި ޕްރޮގްރާމުގައި އެ ހޮސްޕިޓަލާއި ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވިއެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި މައިގަނޑު ތިން ކޯހެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެއީ އެއާވޭ މެނޭޖްމަންޓް އެންޑް ހީމޯޑައިނަމިކް މޮނިޓަރިން އާއި އިމަޖެންސީ ޓްރޯމާ ލައިފް ސަޕޯޓް އެންޑް މާސް ކެޝުއަލްޓީ މެނޭޖްމަންޓް އަދި އެޑްވާންސްޑް ކާޑިއޯވެސްކިއުލާ ލައިފް ސަޕޯޓްއެވެ.
އެސްޓީއޯއިން އަންނަނީ ސިއްހީ ދާއިރާ ކުރިއެރުވަމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ސިއްހީ ބައެއް ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވެސް އެ ކުންފުނިން ދެއެވެ.






