Close

ހުރާ "ޑަބްލިއުޑީސީ ވިމެންސް ކަޕް 2021"ގެ ޗެމްޕިއަންކަން "ސިކްސް އެން"އަށް

ކ. ހުރާ އަންހެނުންގެ ތަރައްޤީއަށް މަސަކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން، ކުރިއަށް ގެންދިޔަ އަންހެނުންގެ ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ޓީމް ސިކްސް އެން ހޯދައިފިއެވެ.

"ޑަބްލިއުޑީސީ ވިމެންސް ކަޕް 2021"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ ކ. ހުރާ އަންހެނުންގެ ތަރައްޤީއަށް މަސަކަތްކުރާ ކޮމެޓީން އިސްނަގައިގެން، ހުރާ ކައުންސިލްއާ ގުޅިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.

މިމަހު 15 އިން 20 ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ 3 ޓީމަކުން ބައިވެރިވެފައިވެ އެވެ.

ފައިނަލް މެޗުގައި ބައްދަލްކޮށްފައިވަނީ ޓީމް "ސިކްސް އެން" އަދި "ޓީމް ބިއުޓީސް" އެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަޑެއްޖެހިފައިނުވާތީ ނަތީޖާ ނެރެފައިވަނީ ޕެނެލްޓީޖަހައިގެންނެވެ.

މިމެޗު 2 - 4 ކާމިޔާބު ކުރީ ޓީމް ސިކްސް އެން އެވެ. ހުރާ ޓާފު ދަނޑުގައި ކުޅެވުނު މި މުބާރާތް ކުރިޔަށް ގެންދިއައީ ލީގު އުސޫލުންނެވެ. ލީގުޗެންޕިއަންކަން އަދި މުބާރާތުގެ ޗެންޕިއަންކަންވެސް އެއްވެސް މެޗަކުން ބަލިނުވެ ހާޞިލް ކޮށްފައިވަނީ ޓީމް ސިކުސް އެން އެވެ.

މި މުބާރާތުގެ މަޤާމުތަށް ހާސިލްކުރި ކުޅުންތެރިނާއި، ޓީމްތައް:
- އެންމެ މޮޅު ޑިފެންޑަރ ޓީމް ސިކުސް އެންގެ ސާނިޔާ މާހިރު
- އެންމެ މޮޅު ފޯވަރޑް ޓީމް ސިކުސް އެންގެ ފަޒުނާ
- އެންމެ މޮޅު މިޑްފީޑު ޓީމް ބިއުޓީސްގެ ސުހާނާ
- އެންމެ މޮޅު ގޯލްކީޕަރ ޓީމް ބިއުޓީސްގެ ޒަހުޝާން
- އެންމެ އުންމީދީ ކުޅުންތެރިޔާ ޓީމް ފޯރޓީ ޓޫގެ ރައުހާ
- ފެއަރ ޕުލޭ ކުޅުންތެރިޔާ ޓީމް ފޯރޓީ ޓޫގެ ޒުބޭދާ އަބުދުއްރަހީމް
- އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ޓީމް ސިކުސް އެންގެ ފަޒުނާ
- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ޓީމް ސިކުސް އެންގެ ފަޒުނާ
- ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ޓީމް ބިއުޓީސްގެ ނަޖުލާ
- މުބާރާތުގެ ފެއަރ ޕުލޭޓީމަކަށް ހޮވިފައިވަނީ ޓީމް ފޯރޓީ ޓޫ

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗު ހޮވާފައިވާއިރު އެ މާޤާމް ހާޞިލްކޮށްފައިވަނީ ޓީމް ސިކްސް އެންގެ ކޯޗް އަޖުމަލް އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published.

scroll to top