ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ޕްރޮޖެޓް ސައިޓް މޮބިލައިޒް ކޮށްފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ސައިޓް މޮބިލައިޒް ކުރީ ހޮނިހިރު ދުވަހު ކަމަށެވެ.
މި މަޝްރޫއަކީ 9.16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، 40 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހައި 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.






