އައްޑޫ ސިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ ރޭ މެންދަމު 12:10 ގައެވެ.
އެމީހާ ނިޔާވީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.
މިއީ މި މަހުގެ ތެރޭގައި ކޮވިޑްގައި ރާއްޖެ އިން ނިޔާވި 10 ވަނަ މީހާ އެވެ. އަދި މިއާއެކު ކޮވިޑް ބަލީގައި ރާއްޖޭން ނިޔާވި މީހުންގެ އަދަދު މި ވަނީ 241 އަށް އަރާފަ އެވެ.
ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ 149 މީހެކެވެ. އެ އަދަދާ އެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 87071 އަށް އަރާފަ އެވެ.






