Close

ރިސޯޓު ހަދަން 18 ރަށެއް ދޫކުރަނީ

ރިސޯޓު ހަދަން 18 ރަށެއް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މިހާރު ކުރިއަށްދާ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެ އިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި ރިސޯޓު ހަދަން ރަށްތައް ހުޅުވާލީ 10 އަތޮޅަކުންނެވެ.

ޓޫރިޒަމް މިނިސްޓްރީން މި ރަށްތަކުގެ ތަފުސީލު ހާމަކުރިއިރު، މިއީ ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ހަދަން މި އަހަރު ހުޅުވައިލި ދެވަނަ ފަހަރެވެ. މި އަހަރުގެ އޭޕްރީލް މަހު ރިސޯޓު ހަދަން 23 ރަށަކަށް ބީލަށް ހުށަހަޅަން އިއުލާނު ކުރިއެވެ.

އަލަށް ބިޑަށް ހުޅުވައިލާ ރަށްތައް:

ހއ. މެދަފުށި

ހއ. އަލިދުއްފަރުފިނޮޅު

ހދ. ކުޑަފަރުފަސްގަނޑު

ށ. ކުޑަޅައިމެންދޫ

ރ. އެއްތިގިލި އަދި އަލިފުށި ފަޅު

މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު

މ. މާއުސްފުށި

ފ. އެނބުލުފުށި

ފ. ޖިންނަތުގައު

ތ. ކާއްޑޫ

ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު

ލ. ކަށިދޫ

ލ. ބޮޑުމުންޏަފުށި

ލ. ދޮންބެރެހާ އަދި ހޮޅަރެހާ

ގއ. މާރެހާ

ގއ. ފުނަދޫވިލިގިއްލާ

ގދ. ކަނޑަހަލަގަލާ

ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް

ރަށްތައް ވިއްކުމުގައި 60 އިންސައްތަ ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތައަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެއެވެ.

މި ރަށްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top