Close

އެމްޕީއެލްގެ އައްޑޫ ޕޯޓުން ދޭ ހިދުމަތުގެ ފެންވަރު ދަށް: ސަޢީދު

އެމްޕީއެލްގެ އައްޑޫ ޕޯޓުން ދޭ ހިދުމަތުގެ ފެންވަރު ދަށް ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

އެމްއެސްއެސްގެ ބޯޓު އެމްވީ ބޮންތި 2 އިނޤ އައްޑޫއަށް ގެންދާ މުދަލުގެ އަގު ބޮޑު ކަމަށް ބުނެ، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ސައީދު ވިދާޅުވީ އިންޑިއާގެ ޓުޓިކޮރިން އާއި އައްޑުއާ ދެމެދު އޮޕަރޭޓްކުރާ އާގު ބޯޓުން އައްޑޫ ބަނދަރަށް ގެންދާ މުދަލުގެ އަގު އާންމު އަގުތަކަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. ނަމަވެސް އަގުތަކަށް ބަދަލު އަންނަން ދިމާވާ މައިގަނޑު ސަބަބަކީ އެމްޕީއެލް އިން ނަގާ އަގު ބޮޑުވުމާއި އައްޑޫ ބަނދަރުން ލިބޭ ހިދުމަތުގެ ފެންވަރު ދަށްވުން ކަމަށެވެ.

އޭގެ ސަބަބުން ކާގޯ އުފުލުމަށް ނަގާ އަގު އެތައް ފަހަރަކު ބޮޑުކުރަން ޖެހުނު ކަމަށާއި ނަމަވެސް މިއީ ބޮޑު އަގެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.

"ޓުޓިކޮރިން އިން މާލެއަށް ދަތުރުކުރާ ލަކުޑި ބޯޓްތަކުގައި ވެސް މުދާ ގެނެވެނީ އެ އަގަށް. އެހެންވީމަ މިހާރު ވެސް އައްޑޫ ބޭފުޅުންނަށް ކާގޯ ލިބެނީ ޑިސްކައުންޓެޑް ރޭޓެއްގައި" ސައީދު ވިދާޅުވި އެވެ.

އައްޑޫ ބަނދަރުން ލިބޭ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އައްޑޫ އަށް ގެންދާ 3،700 ޓަނުގެ މުދާ ބާލައި ބޯޓް ހުސްކުރަން 20 ދުވަސް ހޭދަވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އޭގެ ސަބަބުން އަމާޒާ އެއްގޮތަށް ދަތުރު ނުކުރެވޭ ކަމަށާއި ދަތުރުތަކަށް ލަސްތައް ކުރިމަތިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ބަނދަރުގައި ބޯޓް ރޯލު ކުރާލެއް ބޮޑުކަމުން ކްރޭން އޮޕަރޭޓްކުރަން އުނދަގޫވާތީ މުދާ ހުސްކުރަން ގިނަ ދުވަސް ނަގަނީ ކަމަށް އެމްޕީއެލް އިން ބުނާ ކަމަށެވެ. އެކަމާ ގުޅިގެން އެސްޓީއޯގެ ކްރޭނެއް ގެންގޮސްގެން ކިތަންމެ ދަތުރެއްގައި އަމިއްލައަށް މުދާ ބާލާފައި ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top