ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑޫ ކޯޕަރޭޓް ފުޓުބޯޅަ މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ ގިނަ ކުންފުނިތަކަކުން ބައިވެރިވެއެވެ.
މިއަހަރުގެ މުބާރާތުގައި 32 ޓީމަކުން ބައިވެރިވާނެއެވެ. އަދި އަންހެނުންގެ ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ބައިވެރިވާނެއެވެ.
އަންނަ މަހުގެ 20 ގައި ފަށާ މި މުބާރާތް ނިމޭނީ ޑިސެމްބަރު 30ގައެވެ.
އުރީދޫއަކީ މިއަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސާ ވެސް މެއެވެ.






