Close

އިންޑިއާ އިން މުވައްޒަފުން ހޯދާކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: އެމްޓީސީސީ

އިންޑިއާއިން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދާކަމަށް ބުނެ ދެކެވެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނީ “ދިޔަރެސް” ނޫހުގައި ޝާއިރު ކުރި ހަބަރަކާ ގުޅިގެންނެވެ. މިއީ އެ ކުންފުނި ބަދުނާމު ވާގޮތަށް ލިޔުނު ހަބަރެއް ކަމަށްވެސް އެ ކުންފުނިން ފާހަގަ ކުރިއެވެ.

ދިޔަރެސް ނޫހުން އާއްމު ކޮށްފައިވާ ހަބަރުގައި ބުނެފައިވާ ގޮތުގައި އެމްޓީސީސީން ވަނީ އިންޑިއާގެ އަފްރީން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވުރިކޮށް ގިނަ އަދަދެއްގެ ވަޒީފާތަކަކަށް ބިދޭަސީން ހޯދަން އިއުލާން ކޮށްފައެވެ. އަދި އެ މުވައްޒަފުންނަށް ބޮޑެތި މުސާރަތައް ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ އިންޑިއާއިން މުވައްޒަފުން ގެންނަން އެ ގައުމުގައި އިއުލާނުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ކުންފުނި ބަދުނާމުވާގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top