އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
މިއަދު މަޖިލީހަށް މި ބަޖެޓު ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މއީ މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 88 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު 657 މިލިއަން ޑޮލަރަށް ރިޒާވް އިތުރުކުރަން ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އަންނަ އަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
ބަޖެޓްގެ މުހިއްމު ހިސާބުތައް
- ޖުމްލަ ބަޖެޓް: 36.9 ބިލިއަން ރުފިޔާ
- އާމްދަނީ: 24.2 ބިލިއަން ރުފިޔާ
- ޕީއެސްއަައިޕީ: 6.2 ބިލިއަން ރުފިޔާ
- ޑެފިސިޓް: 9.7 ބިލިއަން ރުފިޔާ
- ޖުމްލަ ހަރަދު: 34 ބިލިއަން ރުފިޔާ
މި ބަޖެޓު މިއަދު މަޖިލީހަށް ހުށަހެޅި ނަމަވެސް މި ބަޖެޓު ފައިނަލް ކުރާނީ މަޖިލީހުގެ ބަހުސްތަކަށްފަހުއެވެ. އެހެންވެ މި ބަޖެޓު ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.






