Close

ސްޓެލްކޯއިން އުފެއްދި އާ މޮޑެލްގެ ޖަނަރޭޓަރު ބާޒާރަށް ނެރެން ތައްޔާރުވެއްޖެ

ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އުފެއްދި އާ ޖަނަރޭޓަރު ސެޓު ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.

އެ ގޮތުން އެސްޓީޑަބްލިޔު500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ޓެސްޓް ހަދާނިންމައި، ފޮނުވަން ހަމަޖެހިފައިވަނީ ވ. ތިނަދޫއަށެވެ.

މި އާ މޮޑެލްއާއެކު މިހާރު ޖުމްލަ ހަތަރު މޮޑެލްގެ ޖަނަރޭޓަރު ވޯކްޝޮޕުން އެސެމްބަލް ކުރެވިފައި ވާކަމަށެވެ. އެއީ އެސްޓީޑަބްލިޔު 300، 500، 600 އަދި 800 އެވެ.

މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެއެވެ.

މިދިޔަ މަހުގެ ހަތަރުވަނަ ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރު ސެޓް ގެނދިޔައީ އދ. ހަންޏާމީދުއަށެވެ. އެއީ މިދޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top