އުރީދޫ އެމްފައިސާ މެދުވެެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދެވޭ ގޮތް ހަދައިފިއެވެ.
މި ހިދުމަތް ފެށުމަށް ބިދޭސީ މަސައްލަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ މައިގްރެންޑް ވޯކާސް މޯލްޑިވްސް (އެމްޑަބްލިއުޑަބްލިއު) ޖަމިއްޔާއާ އުރީދޫ މޯލްޑިވްސްއާ ދެމެދު ވަނީ ޕާޓްނާޝިޕެއް ހަދައިފައެވެ. މި ޕާޓްނާޝިޕްގެ ދަށުން އެމްފައިސާ ކަސްޓަމަރުންނަށް މިހާރު އެ ޖަމިއްޔާއަށް ޑޮނޭޓް ކުރެވޭނެއެވެ.
މި ޖަމިއްޔާގެ އިތުރުންވެސް ރާއްޖޭގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެމްފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.މީގެ ތެރޭގައި “މޮމްސް އާއި “ޕީސް” އާއި ކެންސާ ސޮަސައިޓީ އާއި ޑެފް އެސްސޯސިއޭޝަނާއި ކުޑަ ކުދިންގެ ހިޔާ އާއި ފިޔަވަތި ފަދަ ޖަމިއްޔާތައް ހިމެނެއެވެ.
އުރީދޫގެ އެޕްލިކޭޝަން ބޭނުން ކޮށްގެން އެމްފައިސާއަށް ރަޖިސްޓްރީ ކުރެވޭނެއެވެ. މިގޮތުން، އެޕް ޑައުންލޯޑު ކުރުމަށްފަހު ރަޖިސްޓްރޭޝަން ކުރުމަށްފަހު އެމްފައިސާއަށް ލޮގިން ވެވުމުން ބޭނުންވާ ޖަމިއްޔާއެއް އިހުތިޔާރުކޮށް ޑޮނޭޓް ކުރެވޭނެއެވެ.






