ރ. އުނގޫފާރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން އައު މަގުތަކެއްގައި ތާރު އަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށް، މަގު ބައްތި ޖަހާނެއެވެ.
މިއީ 21.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.






