ސްރީލަންކާގެ ޤައުމީ އެއާލައިން ސްރީލަންކަން އިން އައްޑުއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.
އަލުން މި ދަތުރުތައް ފަށަން ނިންމާފައި ވަނީ ކުރިއަށް އޮތް ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.
ސްރީލަންކަން-ގަން ސެކްޓާގެ ދަތުރުތައް މެދުކަނޑާލީ ކޮވިޑްގެ ހާލަތު ގޯސްވުމުންނެވެ.
އައްޑޫ ސިޓީ އާއި ލަންކާ ދެމެދު ކުރެވޭ ދަތުރުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.
ކޮވިޑްގެ ބަލިމަޑުކަމަށްފަހު ލަންކާވެސް އަލުން ހުޅުވާލާފައިވާއިރު، އެ ގައުމަށް ދަތުރު ކުރުމުގައި މިހާރު ވަނީ ވަރަށް ލުއިފަސޭހަގޮތްތައް ހަމަޖައްސާފަ އެވެ.







