ފަތުރުވެރިންނަށް ތައިލެންންޑް ހުޅުވާލި ނަމަވެސް އެގައުމަށް އެންމެ ގިނައިން ދަތުރުކުރާ ޗައިނާ އޮތީ އަދިވެސް ބަންދުވެފަ ކަމަަށް ރިޕޯޓްތަކުން ބުނެފި އެވެ.
ކޮވިޑް 19 އާއި އެކު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިކަން ހީނަރުވި ނަމަވެސް، އަޑިގަނޑުން އަރައިގަނެ ކުރިއަށްދާއިރު، ޗައިނާއަށް އަދިވެސް އަރައިނުގަނެވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެންމެ ގިނައިން ދަތުރުކުރާ ޗައިނާ މީހުން ކޮވިޑްގެ ސަބަބުން ދަތުރުނުކުރެވިފައި ތިބި އިރު ޗައިނާއަށް އޮޕަރޭޓްކުރަނީވެސް ކުރި އައި އަޅާބަލާއިރު 2 އިންސައްތަ ފްލައިޓްތަކެވެ.
މީގެ ސަބަބުން ޗައިނާގެ ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކުރާ ހިސާބުތަކުގެ ފަތުރުވެރިކަމަށް އަހަރެއްގެ މައްޗަށް 225 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވެފައިވާކަމަށާއި މީގެ އަސަރު ތައިލެންޑްގެ ފުކެޓަށް ވެސް ކޮށްފައިވާކަމަށް ލެގުނާ ފުކެޓްގެ 5 ރިސޯޓް ހިންގާ މެނޭޖިންގް ޑަައިރެކްޓާ ރަވީ ޗަންދުރަންވަނީ ހާމަކޮށްފައެވެ.
އޭނާ ބުނެފައިވާ ގޮތުގައި ކޮވިޑްފެ ކުރިން އެ ރިސޯޓްތަކަށް ޗައިނާގެ ފަތުރުވެރިންގެ އިތުރުން އައިސްފައިވާ ޔޫރަޕާއި އެމެރިކާގެ އިތުރުން ޔޫ.އޭ.އީގެ ފަތުރުވެރިން ހިއްސާ ކުރަނީ ފަތުރުވެރިންގެ ނިސްބަތުން 25 އާއު 30 އިންސައްތަ އާއު ދެމެދުގެ އަދަދަކަށެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު ތައިލެންޑްއަށް އެންމެ ގިނައިން ދަތުރުކޮށްފައިވަނޯ ޗައިނާގެ ފަތުރުވެރިންކަމަށް އެގައުމުގެ ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
2019 ވަނަ އަހަރު ތައިލެންޑްއަށް 40 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރު އެގައުމަށް 180،000 ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާ ކުރާކަމަށް އެގައުމުން ބުނެފައިވެއެވެ.