މީމު އެއާޕޯޓުގެ ފަޔަރ ބިލްޑިންގެ ފައުންޑޭޝަން އެޅުން ފާހަގަ ކުރުމަށް މ. މުލިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މުވައްޒަފުންނަށް ސައެއް ދީފިއެވެ.
މި ސައި ދެއްވީ މުލީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެންނެވެ.
މި މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މީމު އެއާޕޯޓުގެ މަސައްކަތުގެ ދަށުން 14 ހެކްޓަރުގެ ބިންހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ވެސް މި އެއާޕޯޓުގައި ހަދާނެއެވެ.






