Close

މިނިމަމް ވޭޖް އިއުލާން ކޮށްފި، ނަންބަރުތަކަށް ބަދަލު އައި

މިނިމަމް ވޭޖްތަކެއް ކަނޑައަޅައި، އެކަން ރަސްމީކޮށް މިއަދު އިއުލާންކޮށްފިއެވެ.

މި އަގުތަށް ކަނޑައެޅީ މިއަދު ހޮޓެލް ޖެންގައި ރަސްމިއްޔާތެއްގައެވެ. އެގޮތުން މި ރަސްމިއްޔާތުގައި މިނިމަމް ވޭޖް ގަރާރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސޮއިކުރައްވައިފައެވެ.

މިނިމަމް ވޭޖު އިއުލާން ކުރިއިރު އިކޮނޮމިކް މިނިސްޓްރީން ވަނީ މިނިމަމް ވޭޖް ބޯޑުން ހުށަހެޅި އަގުތަކަށް ބަދަލުގެނެސްފައެވެ. އެ މިނިސްޓްރީން ވަނީ ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖް ކަނޑައަޅައިފައެވެ. އެއީ

- ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ.

- މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ.

- ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ.

- ސިވިލް ސާވިސް، މަހަކު 7000ރ.

ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބަލަނީ 100 މުވައްޒަފުންނަށް ވުރެ އިތުރަށް މުވައްޒަފުން ގެންގުޅޭ އަދި 20 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކެވެ.

މިނިމަމް ވޭޖް ކަމަށް ބަލައިފައި ވަނީ ފިކްސްޑް އެލަވަންސް އަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސް، ރޯދަ މަހުގެ އިނާޔަތް، އިތުރުގަޑި، ސާވިސް ޗާޖް ކަހަލަ އިންކައިންޑް ބެނެފިޓްސް ނުހިމެނޭނެއެވެ.

މި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ 13،000 މުވައްޒަފުންގެ މުސާރަ ރަނގަޅުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅިއިރު ވަރަށް ބޮޑަށް ވިސްނެވި ކަމަށާއި އެކި ގޮތްގޮތަށް މަޝްވަރާތައް ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top