Close

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ޅ. ކުރެންދޫއާއި ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 525 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ޖެހުމާއި، ދެކުނުފަރާތުގައި 155 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ގާއިމު ކުރުން ހިމެނެއެވެ. އަދި ރަށުގެ އިރު ދެކުނު ފަރާޓުން 183 މީޓަރުގެ ބްރޭކްވޯޓާއަކާއި ހުޅަނގުދެކުނު ފަރާތުގައި 108 މީޓަރުގެ ބްރޭކްވޯޓާއަކާއި 35 މީޓަރުގެ ދެ ބްރޭކްވޯޓާ ގާއިމު ކުރާނެއެވެ.

މިއީ 44.92 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލު ކުރީ 365 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށުން 954.43 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ގާއިމުކޮށް، ރިވެޓްމެންޓުގެ ދެކޮޅުގައި 44.77 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ގާއިމުކުރާނެއެވެ.

މި މަޝްރޫއަކީ 36.69 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top