މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓްވާޓް މަގާމުން ވަކިކޮށްފިއެވެ.
އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާ ވަކި ކުރީ އިއްޔެއެވެ. އޭނާ ވަކީ ކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ އެންގުމާ އެއްގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ގޯޑަން ކޮށްދެއްވި ހިދުމަތަށް އެމްއޭސީއެލް އިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ގޯޑަން އެމްއޭސީއެލްގެ ހިންގުމާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28ގައެވެ.






