Close

އީލޯން މަސްކު އޭނާގެ ޓެސްލާ ހިއްސާތަކެއް ވިއްކާލައިފި

ޓެސްލާގައި އޮތް އީލޯން މަސްކުގެ އަމިއްލަ ހިއްސާގެ ތެރެއިން 10 އިންސައްތަ ހިއްސާ ވިއްކާލައިފިއެވެ. އެއީ ފަސް ބިލިއަން ޑޮލަރުގެ ހިއްސާއެވެ.

އޭނާ ވަނީ މި ހިއްސާ ވިއްކާލުމުގެ ހަފުތާއެއް ކުރިން ޓްވިޓާގެ ޕޯލެއް ނަގާފައެވެ. މި ޕޯލުގައި 57.9 އިންސައްތަ މީހުން ވޯޓް ދިނީ ހިއްސާ ވިއްކައިލުމަށް އެދި ފައިވާއިރު އެކަމާ ދެކޮޅަށް 42.1 އިންސައްތަ މީހުން ވަނީ ވޯޓު ދީފައެވެ. މި ޕޯލްގައި ބޮޑު އިންސައްތައަށް ހިއްސާ ވިއްކާލަން އެދުމަކީ އޭނާ މި ނިންމުން ނިންމި ސަބަބެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ޓްވިޓާގެ މި ޕޯލުގައި ހިއްސާ ވިއްކާލުމަށް ގިނަ ބަޔަކު ތާއީދު ކުރުމާ އެކު، ޓެސްލާގެ ހިއްސާގެ އަގު ވަނީ 16 އިންސައްތަ ދަށްވެފަ އެވެ. އެ ކުންފުންޏަކީ ޓްރިލިއަން ޑޮލަރުގެ ކުންފުންޏެކެވެ.

މި ނިންމުމާއެކު އީލޮންގެ އަމިއްލަ މިލްކިއްޔާތަށް ދަށްވުމެއް ވެސް ވަނީ އައިސްފައެވެ. އީލޯން އަކީ މި ވަގުތު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނެވެ. އޭނާގެ މިލްކިއްޔާތު 300 ބިލިއަނުން ޑޮލަރުން މަތީގައި އުޅެނިކޮށް މިހާރު ވަނީ 271 ބިލިއަނަށް ދަށްވެފައެވެ.

ޓެސްލާގެ އަމިއްލަ ހިއްސާގެ ތެރެއިން އީލޮން ފުރަތަމަ ވިއްކީ 3.6 މިލިއަން ހިއްސާއެވެ. އެއީ ހަތަރު ބިލިއަން ޑޮލަރުގެ ހިއްސާއެވެ. އޭގެ ފަހުން 1.1 ބިލިއަނަށް އިތުރު 2.2 މިލިއަން ހިއްސާ ވިއްކައިލިއެވެ.

ޓެސްލާގެ އަމިއްލަ ހިއްސާތަކެއް އީލޮން ވިއްކާލާފައިވާއިރު އދ. ގެ ފުޑް ޕްރޮގްރާމްގެ އެޒެކެޓިވް ޑިރެކްޓަރު ޑޭވިޑް ބީޒް، ވަނީ އީލޮން އަށް ރައްދުވާ ގޮތަށް ދުނިޔޭގެ ބޮޑެތި މަހުޖަނުން އެހީވެއްޖެ ނަމަ ހައިހޫނުކަން ނައްތާލެވޭނެ ކަމަށް ބުނެ ޓްވީޓު ކޮށްފައެވެ. މި ވާހަކަތަކަށް ރަށްދު ދީ އީލޯން ބުނެފައި ވަނީ ހަ ބިލިއަން ޑޮލަރުން ދުނިޔޭގެ ބަނޑުހައިހޫނުކަން ނައްތައިލެވިދާނެކަން ސާބިތުކޮށް ދީފި ނަމަ، ޓެސްލާގައި އޮތް އޭނާގެ ހިއްސާ ވިއްކާލަން ތައްޔާރަށް ހުރި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published.

scroll to top