އައްޑޫ ސިޓީ ހިތަދޫއަށް މަރުވެފައި އޮތް ބޮޑު މަހެއް ލައްގައިފި އެވެ.
މަރުވެފައިވާ ބޮޑު މަސް ލައްގާފައި އޮތީ ހިތަދޫ ސްކޫލާ ދިމާލު ފުއްޓަރު ފަރާތަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްއާއި ގުޅިގެން އެބޮޑުމަސް އެތަނުން ނެގުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ.
އައްޑޫސިޓީ ހިތަދޫއަށް މަރުވެފައި އޮތް ބޮޑު މަހެއް ލައްގާފައިވާއިރު، އޭގެ މަންޒަރުތައް އަންނަނީ ސޯޝަލްމީޑިއާގައި ދައުރުވަމުންނެވެ.






